logo

ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފޮޓޯ/ވީޑިއޯ ދައުރުނުކުރަން އެދިއްޖެ

profile

މުޙައްމަދު ހަފީޒް - 25 ޖެނުއަރީ 2025 - 06:16

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބިދާނެ ފޮޓޯ އާއި ވީޑިއޯ މީޑިއާގައި ދައުރު ނުކުރުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

https://wamco.com.mv/

މިނިސްޓަރީން ނެރުނު ބަޔާނުގައި ވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ކުޑަކުދިންގެ ޒާތީ މަޢުލޫމަތު ދެނެގަނެވޭނެ ފަދަ މަޢުލޫމާތުތަކާއި މައްސަލަތަކާއި ގުޅުވައި ކުޑަކުދިންގެ ފޮޓޯ އަދި ވީޑިއޯ އާންމު ކުރަމުންދާތީއެވެ.

View post on Twitter

ސޯޝަލް މީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެ ކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދިޔުމަކީ އެ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ބަޔާން ކުރެވުނު ސަބަބުތަކަށްޓަކައި، ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯ އަދި ވީޑިއޯތައް މީޑިއާގައި ދައުރު ނުކުރުމަށް މިނިސްޓަޜިން ވަނީ އިލްތިމާސްކޮށްފައެެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމަތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެ ކަމަށެވެ.

އަދި ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަަށް ވެފައިވާ ކުދިންނާއި އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގެނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެނޫން ވެސް ވަސީތަލެއްގައި ޝާއިއުކޮށްގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކުޑަކުދިންނާއި ބެހޭ މައްސަލަތަކުގައި މީޑިއާތަކުން، އެކުދިންގެ ފޮޓޯތައް އާންމުނުކުރުމަށް ޕޮލިހުން ވެސް މީގެ ކުރިން ވަނީ އިލްތިމާސް ކޮށްފައެވެ

https://etukuri.mv/
https://eportal.mwsc.com.mv/e-pay