logo

ވ އަތޮޅުގައި "އިބަމަ" މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

profile

ޔޫޝައު ހަސަން - 03 މާރިޗު 2023 - 12:02

ވ އަތޮޅު އިބަމަ މަސައްކަތު ބައްދަލުވުމުގެ ތެރެއިން

ވ އަތޮޅު އިބަމަ މަސައްކަތު ބައްދަލުވުމުގެ ތެރެއިން

ވ.އަތޮޅުގައި ޤާއިމްކޮށްފައިވާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތު ބައްދަލުވުން ފަށައިފިއެވެ.

https://wamco.com.mv/

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމް ބާއްވައިފައިވަނީ ވ. އަތޮޅު ފެލިދޫގައި ހުންނަ އެ އަތޮޅު އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައެވެ.

މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ވ. އަތޮޅުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރުދުންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އަދި އިބަމަ ހިއްސާދާރު މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރެވޭނޭ ގޮތްތަކެއް ފަހިކުރުން ކަމުގައިކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ފޯރަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި، ޔުނިސެފްގެ އިސް ވެރިންނާއި ވ. އަތޮޅުގެ ރަށްތަކުގެ އިބަމަ މެންބަރުންނާއި، އެއަތޮޅުގެ ރަށު ކައުންސިލްތަކުގެ އިސް ވެރިންނާއި، ވ. އަތޮޅުގެ ސްކޫލްތަކުގެ އިސް ވެރިންނާއި، ވ. އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުންގެ އިސް ވެރިންނާއި، އެއަތޮޅުގެ އަންހުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިސް ފަރާތްތަކުގެ އިތުރުން އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުން (މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ލޯކަލް ގަވަމަންޓް އޮތޯރިޓީ) އިން ކަނޑައަޅާފައިވާ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay