16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 73 އަހަރުގެ މީހާ ދޫކޮށްލައިފި
![profile](/_next/image?url=%2Flogo.png&w=3840&q=75)
އައިޝަތު ޝާނީ - 02 ފެބްރުއަރީ 2023 - 11:12
![ޑިސެމްބަރު މަހު އެންމެ ގިނައިން ހުށހެޅިފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް](/_next/image?url=%2Fpanel-content%2Fmedia%2F7ec0bddd-4451-4766-359c-e62a56a91900.jpg&w=3840&q=75)
ޑިސެމްބަރު މަހު އެންމެ ގިނައިން ހުށހެޅިފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް
16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 73 އަހަރުގެ މީހާ ދޫކޮށްލައިފި. ފުލުހުންގެ މީޑިއާ އިން މައުލޫމާތު ދިންގޮތުގައި މައްސަލަ ހިނގި ދުވަހު 73 އަހަރުގެ އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ހައްޔަރުކޮށްފައި ނުވާކަމަށާއި އެ ދުވަހު އެމީހާ ދޫކޮށްލާފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުންގެ މީޑިއާ އިން ބުނެފައިވެއެވެ. އެ ހާދިސާ ހިނގާފައިވަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތައް ކަމުގައިވާ ކ. އއ. އދ އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކަމަށާއި ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ މައުލޫމާތު ވަނީ ފުލުހުން ސިއްރުކޮށްފައެވެ.އަދި މި ހާދިސާ ހިނގާފައިވަނީ މި ދިޔަ ޖަނަވަރީ 31ވަނަ ދުވަހުއެވެ، މީގެ އިތުރުން ޖަނަވަރީ 30 ވަނަ ދުވަހުވެސް 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 60 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް، ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ 19 މައްސަލައެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށައަޅާފައިވެއެވެ. އެމަހުގައި ޖެންޑާ މިނިސްޓްރީ އަށް ހުށައެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ބާވަތުގެ 109 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
![6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް](/_next/image?url=%2Fpanel-content%2Fmedia%2F344ba825-75eb-41bc-c5e6-99b35da33c00.jpg&w=3840&q=75)
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
![ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ](/_next/image?url=%2Fpanel-content%2Fmedia%2F2dce7ba5-55cb-45fb-9232-7fa1984d4200.jpg&w=3840&q=75)
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
![އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ](/_next/image?url=%2Fpanel-content%2Fmedia%2Fbd74cf6e-a856-453c-0e88-62e84309ad00.jpg&w=3840&q=75)
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
![ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ](/_next/image?url=%2Fpanel-content%2Fmedia%2F2fc9cc8e-97b8-4d61-23c5-e011c1a5ac00.jpg&w=3840&q=75)
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން