ކުޑަކުދިންނަށް އަނިޔަކޮށްގެން ފާއިތުވި ޑިސެމްބަރު މަހު 109 މައްސަލައެއް ހުށަހެޅި!
![profile](/_next/image?url=%2Flogo.png&w=3840&q=75)
ޔޫޝައު ހަސަން - 25 ޖެނުއަރީ 2023 - 09:52
![ޑިސެމްބަރު މަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް](/_next/image?url=%2Fpanel-content%2Fmedia%2F7ec0bddd-4451-4766-359c-e62a56a91900.jpg&w=3840&q=75)
ޑިސެމްބަރު މަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް
ޖެންޑާ މިނިސްޓްރީއަށް ޑިސެމްބަރު މަހު ހުށަހެޅި އެކި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅައި އަދި ބަލަން ފަށައިފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން 109 މައްސަލައެއް ވަނީ އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ގެވެށި އަނިޔާގެ އަމަލެއް ކުރާ ތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 30 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންނަށް އިހުމާލުވުމުގެ 29 މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 19 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. ޖިސްމާނީ ހާނިއްކައިގެ 13 މައްސަލަ އަދި ކުދިންނަށް ނަފްސާނީ ހާނިއްކޮށްގެން 12 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
އެހެން ކުދިންގެ ފަރާތުން ބުލީވުމުގެ އެއް މައްސަލައިގެ އިތުރުން ބްލެކްމެއިލް ކުރުމުގެ އެއް މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ބުލީކުރުމުގެ އެއް މައްސަލަ ވެސް ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައެވެ.