ޖެންޑާ އޮފީސް ހުޅުމާލެއަށް ބަދަލުކޮށްފި
އަހުމަދު ޒަލީފު - 29 ޖެނުއަރީ 2023 - 17:01
ސަރުކާރުގެ އާ އޮފީސް އިމާރާތް
ޖެންޑަރ މިނިސްޓްރީ ހިންގުން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.
ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް އަލްމަރްޙޫމް ނ.އ.އ.ވ ޢުމަރު ޒާހިރުގެ ނަންފުޅުން ވަނީ ނަންދީފައެވެ.
ޖެންޑާ މިނިސްޓްރީ އަށް ހާއްސަކޮށްފައިވާ އެ އިމާރާތުގެ ދެ ވަނަ ބުރިއަށް އެންމެ ފުރަތަމަ މި ބަދަލުކުރީ މާލޭގެ ސީޓްރެކްޓް ބިލްޑިންގްގައި ހިންގަމުން އައި އެ މިނިސްޓްރީގެ އޮފީސް ބައިގެ 99 މުވައްޒަފުންނެވެ
މަރުޙޫމު ޢުމަރު ޒާހިރަކީ ޤައުމީ ޚިދުމަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްމަރުޙޫމް އުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި، އެމަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެ ވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބެވެ. ޢުމަރު ޒާހިރު ފާހަގަވެފައިވަނީ މާލޭ ސަރަޙައްދަށް ޒަމާނީ ތަރައްޤީއާއި ކުރިއެރުން ގެނައުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.
އުމަރު ޒާހިރު ވަނީ މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި ހޯމް މިނިސްޓަރުކަމާއި ޕަބްލިކް ވާކްސް، މިނިސްޓަރުކަމާއި އޮފް ހޯމް އެފެއާޒް އަދި ސީނިއަ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އަލްމަރްޙޫމް ޢުމަރު ޒާހިރަކީ 49 އަހަރަށްވުރެ ގިނަ ދުވަހު، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، މަސައްކަތުގައި ވަރަށް އިޚްލާސްތެރި އަދި ދައުލަތައް ވަރަށް ވަފާތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި ބަޔާންކުރައްވާފައެވެ.
އަދި އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއެކު، ދިވެހިންނަށް ގެއްލިގެން އެދިޔައީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއްކަމަށާއި، މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއި އެކު މުޢާމަލާތްކުރެއްވި ގާތް އެކުވެރިއެއްކަމުގައި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި ނެޝަނަލް އަރޓް ގެލެރީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވާގޮތުގައި އަލް މަރްޙޫމް ޢުމަރު ޒާހިރު ވަނީ މާ ގިނަ ވަޞީލަތްތަކާއި ލުއި ފަސޭހަތައް ނެތް ދުވަސްވަރެއްގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކީ ފުރިހަމަ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ޙިއްޞާ ބޮޑުކަމުގައި ހާމަކުރައްވާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން