logo
—-

—-

ޓޮޓެންހަމް އިން މެޑިސަން ސޮއިކޮށްފި

profile

އަހުމަދު ލައްމާހު އަޒީޒު - 29 ޖޫން 2023 - 14:21

އިގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓް ވެފައިވާ ލެސްޓާ ސިޓީއަށް ކުޅެމުން އައި އިންގްލެންޑްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ޓޮޓެންހަމް އަށް ސޮއިކޮށްފިއެވެ.

https://wamco.com.mv/

އުމުރުން 26 އަހަރުގެ މެޑިސަން ޓޮޓެންހަމާ ގުޅުނީ 40 މިލިއަން ޕައުންޑަށް ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އުމުރުން 26 އަހަރުގެ މެޑިސަން ވަނީ މިދިޔަ ސީޒަންގައި ލެސްޓާ ސިޓީ އަށް 32 މެޗު ކުޅެދީ، 19 ގޯލް ޖަހައި ދިނުމަށް އެހީތެރިވެދީފައެވެ. މެޑިސަންކުރިއަށް އޮތް ސީޒަންގައި ފެންނާނީ ހެރީ ކޭން އާ އެކުގައި ޓޮޓެންހަމްގެ އެޓޭކްގައެވެ.

މެޑިސަން ވަނީ ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ލެސްޓާ ސިޓީ އަށް 163 މެޗު ކުޅެދީ 43 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2020-21 ވަނަ އަހަރު އެކުލަބާއި އެކު އިގިރޭސި އެފްއޭ ކަޕް އަދި 2021 ވަނަ އަހަރުގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކުރުމުގައިމުހިންމު ދައުރެއް އަދާކޮށްފައެވެ.

ލެސްޓާ ސިޓީ މިދިޔަ ސީޒަން ނިންމާލީ ޕްރިމިއާ ލީގުގެ 18 ވަނައިގައެވެ. މިއާއެކު އެޓީމު އަންނަ ސީޒަނުގައި ކުޅެންޖެހިފައިވަނީ އިގިރޭސިޗެންޕިއަންޝިޕްގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay