
އެޗްއާރްސީއެމަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވައިފި

އާމިނަތު ޝަޒްލާ - 16 އޯގަސްޓު 2026 - 06:40
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިއްވަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވަނީ، އެޗްއާރްސީއެމްގެ މިހާރުގެ މެންބަރު ސަމާއު އަޙްމަދު ނަޖީބުގެ ދައުރު އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީ، އެ މަގާމަށް އާ މެންބަރަކު އައްޔަންކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، މަގާމަށް އައްޔަންކުރުމަށް ފެންނަ ބޭފުޅަކަށް ރުހުން ދެއްވުމަށްޓަކައި ދިރާސާކުރައްވައި ގޮތެއް ނިންމަވައިދެއްވުމަށް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވެއެވެ.
މި މަގާމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ދެ ބޭފުޅެއްގެ ނަންފުޅެވެ. އޭގެ ތެރޭގައި ހިމެނެނީ ޝައްމޫން ޙަމީދާއި، ސަމާއު އަޙްމަދު ނަޖީބެވެ.
މަޖިލީހުގެ ތަޅުމުގައި މި ދެ ބޭފުޅުންގެ ނަންފުޅު އިއްވެވުމަށްފަހު، ރިޔާސަތުން ވަނީ މި ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެތައް މިލިޔަނެއް ޚަރަދުކޮށްގެން ހެދި އެމްޓީސީސީގެ ޓެކްސީ އެޕް ހެކްކޮށް، މައުލޫމާތުތައް ލީކުކޮށްލައިފި
ގަޑިއިރެއް ކުރިން

ބައި ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރަށް!
2 ގަޑިއިރު ކުރިން

އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އަލީ ޚާލިދު ޢައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި
2 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ އަންހެނަކު ހައްޔަރަށް!
4 ގަޑިއިރު ކުރިން


