
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އަލީ ޚާލިދު ޢައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި

އާމިނަތު ޝަޒްލާ - 16 އޯގަސްޓު 2026 - 07:05
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް މއ. ދޮނައު، ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މިއަދު ފޮނުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއި ރުހުން ހޯއްދަވައި، މަޖިލީހުގެ ނިންމެވުން އަންގަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ ޖަމީލާ އެ މަޤާމަށް ޢައްޔަންކުރުމުގެ މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
ޖަމީލާ ޢަލީ ޚާލިދަކީ ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ތަޢުލީމީ ދާއިރާގައި 29 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަންވެސް 4 އަހަރު ދުވަހުގެ މުއްދަތަކަށް އެކަމަނާ ވަނީ އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެތައް މިލިޔަނެއް ޚަރަދުކޮށްގެން ހެދި އެމްޓީސީސީގެ ޓެކްސީ އެޕް ހެކްކޮށް، މައުލޫމާތުތައް ލީކުކޮށްލައިފި
ގަޑިއިރެއް ކުރިން

ބައި ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރަށް!
2 ގަޑިއިރު ކުރިން

އެޗްއާރްސީއެމަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވައިފި
3 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ އަންހެނަކު ހައްޔަރަށް!
4 ގަޑިއިރު ކުރިން


