logo

އެތައް މިލިޔަނެއް ޚަރަދުކޮށްގެން ހެދި އެމްޓީސީސީގެ ޓެކްސީ އެޕް ހެކްކޮށް، މައުލޫމާތުތައް ލީކުކޮށްލައިފި

profile

އާމިނަތު ޝަޒްލާ - 16 އޯގަސްޓު 2026 - 08:02

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ގާތްގަނޑަކަށް 13 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓަކުން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކްކޮށް، އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް މީސްމީޑިއާގައި ޢާންމުވެއްޖެއެވެ.

https://wamco.com.mv/

މި ޚިދުމަތްދޭ ބައެއް ޑްރައިވަރުންނާއި މީސްމީޑިއާގެ ރިޕޯޓުތައް ބުނާގޮތުން، މި އެޕްލިކޭޝަނަށް ސައިބަރ ޙަމަލާއެއް އަމާޒުވެފައިވާކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ ޑްރައިވަރުންގެ ނަންތައް އެޕްގެ ތެރެއިން އަމިއްލައަށް ބަދަލުވާން ފެށުމުންނެވެ. އަދި އޭގެ ފަހުން ރޭގެ ވަގުތެއްގައި އެޕްލިކޭޝަންގެ ޚިދުމަތް މުޅިން މެދުކެނޑި، ބޭނުންނުކުރެވޭ ހާލަތަކަށް ވަނީ ގޮސްފައެވެ.

އާންމުވެފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ ނަމާއި، ފޯނު ނަންބަރާއި، ވޮލެޓް އައިޑީ އަދި އީމެއިލް އެޑްރެސް ފަދަ ޒާތީ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. މީގެއިތުރުން، ކަސްޓަމަރުން ކޮށްފައިވާ މުޢާމަލާތްތަކާއި ދަތުރުތަކުގެ ތަފުޞީލުތައް ވެސް ލީކުވެފައިވާއިރު، މިކަމާ ގުޅިގެން ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން "މާލެ ޓެކްސީ ލައިން" ތަޢާރަފުކުރީ މިއަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރެއެވެ. އެހެންނަމަވެސް، ޚިދުމަތް އިފްތިތާޙުކުރިތާ ދެ މަސްދުވަސް ވީއިރުވެސް އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްނުދެވި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެ އެޕްލިކޭޝަން ރަސްމީކޮށް ލޯންޗުކުރެވުނީ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.

އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ތިމާވެއްޓާ ރައްޓެހި 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދާއެކު ފެށި މި ޚިދުމަތުގެ ފުރަތަމަ މަހު އެކަނިވެސް 13،000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ. ބޮޑު ޚަރަދެއް ކޮށްގެން ޤާއިމުކުރި މި ނިޒާމު ހެކްކޮށް، ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް ޢާންމުވުމަކީ ސައިބަރ ސެކިއުރިޓީގެ ގޮތުން ފެންމަތިވި ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެކެވެ.

https://wamco.com.mv/
tel:+9607331319