logo

ބައި ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރަށް!

profile

އާމިނަތު ޝަޒްލާ - 16 އޯގަސްޓު 2026 - 07:06

މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާފަންނު ގެއަކުން މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ސޭންޑީހޮލޯ، ޢުމުރުން 37 އަހަރުގެ ޢަބްދުﷲ އިނާޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ޖާސޫސީ މަޢުލޫމާތަކާ ގުޅިގެންނެވެ.

މި އޮޕަރޭޝަނަކީ މި ހިނގާ އޮގަސްޓު މަހުގެ 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އިނާޒް ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ފެނުނު އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 515.11 ގްރާމް (ގާތްގަނޑަކަށް ބައި ކިލޯ) ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިނާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319