logo

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2026 - 08:07

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްފާޟިލް ޝުޢައިބު ޔޫސުފް މިއަދު ޢައްޔަނުކުރައްވައިފިއެވެ.

https://wamco.com.mv/

އަލްފާޟިލް ޝުޢައިބު ޔޫސުފް މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޝުޢައިބު ޔޫސުފް ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ.

ޝުއައިބު ޔޫސުފަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ.

މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުޢައިބު ޔޫސުފާ ހަވާލުކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319