logo

ގަލަމުން ލިޔާ ކޮންމެ ދޮގުވާހަކައަކީ ގައުމާއި ދެކޮޅަށް ކުރެވޭކަމެއް: ރައީސް

profile

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2026 - 07:10

ގަލަމުން ލިޔާ ކޮންމެ ދޮގުވާހަކައަކީ ގައުމާއި ދެކޮޅަށް ކުރެވޭކަމެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް ވިދާޅުވީ ހަގީގަތް ނުބަލައި ޒިންމާދާރުކަމެއްނެތި ލިޔެވޭ އަދި ދުލުން ބުނެވޭ ކޮންމެ އެއްޗަކީ ގައުމާއި ދެކޮޅަށް ކުރެވޭ ކަމެއް ކަމަށެވެ.

ކޮންމެ މީހަކަށްވެސް ތެދު ހަގީގަތް ބަލައިގެން ވާހަކަ ދެއްކުމުގެ ފުރިހަމަ މިނިވަންކަމާއި އަމިއްލަ އިހްތިޔާރު އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަން ނުކޮށް ކުރާ ކޮންމެ ކަމަކީ ގައުމާއި ދެކޮޅުވުން ކަމަަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ތަފާތުވި ނަމަވެސް ގައުމުގެ ވިސްނުމާއި ދެކޮޅު ނުވެ ގައުމާއި އެއްކޮޅަށް ތިބުމަށް ރައީސް އެދިލެއްވިއެވެ.

އިސްލާމް ދީން ދެކެ ދިވެހި ހުރިހާ ރައްޔިތުން ފަހުރުވެރިވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތް ގާއިމްކުރުމުގެ ވާހަކަ ގާނޫނުގައި ލިޔެފައި އޮތް ނަމަވެސް އެކަން ތަންފީޒު ކުރެވިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމް ދީނާއި ހިލާފް ގާނޫނުތަކާއި ގަވާއިދުތައް ގާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒް ކުރުމަށް މަޖިލީހާއި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަމާޒަކީ ގާނޫނު ތަންފީޒް ކުރުމުގައި ޗެކް އެންޑް ބެލެންސް ކަށަވަރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319