logo

ކުކުޅު ބިސް ކޮންޓްރޯލެއް ނުކުރަން: އެސްޓީއޯ

profile

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2026 - 06:27

ކުކުޅު ބިސް ވިއްކަނީ ކޮންޓްރޯލް ކޮށްގެން ނޫން ކަމަށާއި، ބާޒާރުން ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

https://wamco.com.mv/

ރާއްޖޭގެ ބާޒާރުން ބިސް ހުސްވަމުންދާ ކަމަށް ބުނެ، ބައެއް ވިޔަފާރިތަކުން ކޮންޓްރޯލް ކޮށްގެން ބިސް ވިއްކަމުންދާ ކަމުގެ ވާހަކަތަކެއް މީސްމީޑިއާގައި ދައުރުވަމުންދާތީ، އެކަމާ ގުޅިގެން އެސްޓީއޯ އިން ބުނީ ބާޒާރުން އެއްވެސް ދަތިކަމެއް ނެތި ބިސް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯގެ ހޯލްސޭލް އަދި ރީޓެއިލް ސެންޓަރުތައް މެދުވެރިކޮށް، އާންމުންނަށް ބޭނުންވާ މިންވަރަށް ބިހާއި އެހެނިހެން އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ވަނީ ދީފައެވެ.

އެސްޓީއޯ އިން އިތުރަށް ބުނެފައިވަނީ، ބިސް ކޮންޓްރޯލް ކުރުމެއް ނެތި ވިއްކަމުންދާއިރު، ރާއްޖެއަށް ބޭނުންވާ މިންވަރަށް ބިހުގެ އިތުރު ޝިޕްމަންޓްތައް މެދުކެނޑުމެއްނެތި ލިބެމުންދާ ކަމަށެވެ.

އާންމު ގޮތެއްގައި ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލި، ތަކެތި ލިބުން ދަތިވާ ހާލަތްތަކުގައި، އެސްޓީއޯ އިން އެ ބާވަތްތައް އެތެރެކޮށް، ހެޔޮ އަގުގައި ބާޒާރަށް ނެރެމުންދެއެވެ. އެގޮތުން، ފަހަކަށް އައިސް ފިޔާގެ އަގު އިންތިހާއަށް އުފުލި، ސްޓޮކް ދަށްވި ދަނޑިވަޅުގައިވެސް އެސްޓީއޯ އިން ވަނީ ފިޔާ ޝިޕްމަންޓް ގެނެސް، އާންމުންނަށް ހެޔޮ އަގުގައި ފޯރުކޮށްދީފައެވެ.

ރާއްޖެއަށް އެތެރެކުރާ އަސާސީ 26 ބާވަތުގެ މުދާ، ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގުގައި ދަތިނުވެ ލިބެން ހުރިތޯ އިކޮނޮމިކް މިނިސްޓްރީން އަބަދުވެސް ދަނީ މޮނިޓަރ ކުރަމުންނެވެ.

މި ބާވަތްތަކުގެ ތެރޭގައި ކުކުޅު ބިސްވެސް ހިމެނޭއިރު، އަސާސީ މުދަލެއްގެ ތަދުމަޑުކަމެއް ދިމާވެއްޖެނަމަ، އެސްޓީއޯ މެދުވެރިކޮށް އެ މުދަލެއް ބާޒާރަށް ނެރެ، އަގުތައް އެއްވަރެއްގައި ހިފެހެއްޓުމުގެ މަސައްކަތް ސަރުކާރުން އަބަދުވެސް ކުރަމުން ގެންދެއެވެ.

https://wamco.com.mv/
tel:+9607331319