
އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ސިލްވަރ ސްޕޮންސަރެއްގެ ގޮތުގައި ޕެންޝަން އޮފީސް ހަމަޖެހިއްޖެ

މުޙައްމަދު ފަޟްލޫން - 20 އޮކްޓޯބަރު 2026 - 12:57
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ސިލްވަރ ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ހަމަޖައްސައި، އެ ފަރާތާއެކު މޯލްޑިވްސް ޒަކާތު ހައުސްއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މީގެ ކުރިން ބޭއްވުނު ފުރަތަމަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2024) ގައި ވެސް ޕެނަލިސްޓެއްގެ ގޮތުގައި އެމްޕީއޭއޯ އިން ވަނީ ޢަމަލީ ގޮތުން ބައިވެރިވެފައެވެ.
މި ކޮންފަރެންސަށް އެމްޕީއޭއޯ އިން ދޭ އެއްބާރުލުމާއި، ޒަކާތު ހައުސްއާއެކު ބާއްވަމުން ގެންދަވާ ގާތް ގުޅުން ފާހަގަކޮށް، ޒަކާތު ހައުސްގެ ފަރާތުން ވަނީ އެ އިދާރާއަށް ޝުކުރު އަދާކޮށްފައެވެ.
މިފަދަ ބައިވެރިވުންތަކަކީ، ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ޢިލްމީ މަޝްވަރާތައް ފުޅާކުރުމަށް ގައުމީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.
އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ގައި މާލޭގެ އިސްލާމީ މަރުކަޒުގައެވެ.
މި ކޮންފަރެންސްގައި ދީނީ ޢިލްމުވެރިންނާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ ފަންނީ މާހިރުން އެއްތަންވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް މިޒަމާނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، މި ދާއިރާއިން ލިބެންހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، މި ބައިވެރިވުމުގެ ސަބަބުން އެމްޕީއޭއޯ އާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެ، މުސްތަޤުބަލުގައި އިތުރު ދާއިރާތަކުން ދެފަރާތަށް ވެސް ފައިދާހުރި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.
އެމްޕީއޭއޯ ފަދަ އިސް މުއައްސަސާތަކުގެ ދެމެހެއްޓެނިވި އެހީތެރިކަމަކީ، އިންޒެކް 2026 ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު ބާރެކެވެ. އަދި މިއީ އިޖުތިމާޢީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މަޝްރޫއާއި ގުޅުވައިގެން ތަފާތުވާހަކަ ދައްކަނީ ބިރުވެރިކަން އުފައްދަން: ރައީސް
7 ގަޑިއިރު ކުރިން
.webp&w=3840&q=75)
ހޫޘީން ފޮނުވާލި މިސައިލެއް ސައޫދީ އަރަބިއްޔާއިން ހުއްޓުވައިފި؛ ވެރިރަށުން ގޮވުމުގެ އަޑުތަކެއް!
7 ގަޑިއިރު ކުރިން

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި
7 ގަޑިއިރު ކުރިން

ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ކަނޑުމަތިން ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން


