logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ރަސްމާލެ މަޝްރޫއާއި ގުޅުވައިގެން ތަފާތުވާހަކަ ދައްކަނީ ބިރުވެރިކަން އުފައްދަން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 20 އޮކްޓޯބަރު 2026 - 10:50

ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން އެކި ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަގްސަދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ގެނެސްދޭ ދަ ޕަލްސް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ދެކެވެމުންދާ ދޮގު ވާހަކަތަކުގެ ތެރޭގައި އެތަނުގައި (ބޭރުގެ) ސްކޫލެއް ހުންނާނެ ކަމަށް ބުނާ ވާހަކަ ހިމެނޭ ކަމަށާއި، ނަމަވެސް އެފަދަ އެއްވެސް ކަމެއް އެތަނުގައި ނުހިނގާނެ ކަމަށެވެ.

މީގެއިތުރުން، އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްޤީކުރާ ސަރަޙައްދުގައި، ބޭރުގެ ފަރާތްތަކަށް އެމީހުންގެ ދީނީ ކަންކަން ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، އިސްލާމީ އުސޫލުތަކާ ހިލާފު އެފަދަ އެއްވެސް ކަމަކަށް އެ މަޝްރޫޢުގެ ތެރެއިން ޖާގަ ނޯންނާނެ ކަމަށެވެ.

އީގަލް ހިލްސް އިން ތަރައްގީކުރާ 500 ހެކްޓަރުގެ ސަރަޙައްދަކީ ރާއްޖޭގެ ގާނޫނު ނުހިނގާ، ބޭރުގެ ސަރަޙައްދެއްގެ ގޮތުގައި ދެއްކުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ސަރަޙައްދުގައި ދިވެހި ފުލުހުންގެ ޚިދުމަތް ނޯންނާނެ ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެގޮތުން، އެ ސަރަޙައްދުގައި ދިވެހި ފުލުހުންގެ ހާއްސަ މަރުކަޒެއް ގާއިމުކުރެވިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެހެންކަމުން، މި މަޝްރޫޢާ ގުޅުވައިގެން ފަތުރަމުންދާ މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަށް ދިވެހި ރައްޔިތުން ސަމާލުވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރަސްމާލެ މަޝްރޫޢުގެ ބައެއް އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަކަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން ސިޔާސީ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދިވެހިންގެ ބިން ދިވެހިންނަށް ނަމުގައި ރަސްމާލެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދިއުން ހުއްޓުވުމުގެ ގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުން ވަނީ ހާއްސަ ހަރަކާތެއް ފަށާފައެވެ.

https://wamco.com.mv/
tel:+9607331319