logo
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 20 އޮކްޓޯބަރު 2026 - 10:18

އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

https://wamco.com.mv/

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133،590،266 ރުފިޔާގެ ބަޖެޓަށް އެއްވެސް އުނި އިތުރެއް ކޮމިޓީ މަރުހަލާގައި ގެނެސްފައެއް ނުވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓްގެ ތަފްސީލަށް ބަލާއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 45.3 މިލިއަން އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 85.8 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އޮޑިޓް އޮފީހަށް އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައި 133 މިލިއަން ރުފިޔާ ދިނުމަށް ފާސްވެފައިވަނީ 46 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

އޮޑިޓަރ ޖެނެރަލްގެ މުސާރަ އާއި އިނާޔަތްތަކަށް 981،000 ރުފިޔާ ހިމަނާފައިވާއިރު އެއީ އޮފީހުގެ 1 އިންސައްތައެވެ.

މުވައްޒަފުން ތަމްރީން ކުރަން ބަޖެޓްގައި 10،646،080 ރުފިޔާ ހިމަނާފައިވާއިރު ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އައު އޮފީހަށް 43،500،000 އަދި އޮޑިޓް އޮފީހުގެ އިދާރީ ހަރަދުގެ ގޮތުގައި 19.850،609 ރުފިޔާ ވަނީ ހިމަނާފައެވެ.

މިއަހަރުގެ ބަޖެޓްގެ ގޮތުގައި އޮޑިޓް އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ތެރެއިން 56.9 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހަރަދުކޮށްފައެވެ.

މިއަހަރު އިތުރަށް 45 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓް އޮފީހުން ވަނީ އަންދާޒާކޮށްފައެވެ. އެހެންކަމުން މިއަހަރު ނިމޭއިރު 34 މިލިއަން ރުފިޔާ ބޭނުން ނުކޮށް ހުންނާނެ ކަމަށްވެސް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

އޮޑިޓް އޮފީހުން މީގެކުރިން ބުނެފައިވާ ގޮތުން އަންނަ އަހަރު 394 އޮޑިޓެއް ކުރަން ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
tel:+9607331319