logo
ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާ، ފޮޓޯ: ފުލުހުން

ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާ، ފޮޓޯ: ފުލުހުން

ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ކަނޑުމަތިން ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 20 އޮކްޓޯބަރު 2026 - 07:24

ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ތަރިކަ، އުމުރުން 36 އަހަރުގެ މުޙައްމަދު ޘާޤިބެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކާށިދޫ ޕޮލިހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އެގޮތުން، ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް ކ. އޮޅަހަލި ކައިރި ކަނޑުމަތިން އޭނާ ހުއްޓުވައި، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 226 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ވަނީ އޭނާގެ ބަންދަށް 13 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319