logo
ސަރުކާރުގެ 3 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވުނު 3 މެންބަރުން---

ސަރުކާރުގެ 3 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވުނު 3 މެންބަރުން---

ސަރުކާރުގެ 3 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

profile

ޖިނާން ޙުސައިން ޖަބީން - 20 އޮކްޓޯބަރު 2026 - 12:59

ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފިއެވެ.

https://wamco.com.mv/

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އިތުރުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ބޯޑަށް ތިން މެންބަރުން ވަނީ އައްޔަންކޮށްފައެވެ.

މިގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އައްޔަންކޮށްފައިވަނީ މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝްއެވެ. އެސްޓީއޯގެ ބޯޑަށް އަހްމަދު އިމްދާހް މުހައްމަދު އައްޔަންކޮށްފައިވާއިރު، ސްޓޭޓް ފާމާގެ ބޯޑަށް އައްޔަންކޮށްފައިވަނީ އިސްމާއީލް ފަރުހާދު އަހްމަދެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކަށާއި އެކިއެކި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ހަރަދު ކުޑަކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ އިހުލާސްތެރިކަމާ މެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

https://wamco.com.mv/
tel:+9607331319