
ފުޑް ކޯޓްތައް ހުސްކުރަން އަންގައިފި

މުޙައްމަދު ފަޟްލޫން - 18 ސެޕްޓެމްބަރު 2026 - 09:28
މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ރޭވިފައިވާ މަޝްރޫއަށް ޖާގަ ހޯދުމުގެ ގޮތުން، އެ ސަރަހައްދުގައި ހިންގަމުންދާ ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިޔަފާރިވެރިންނަށް އަންގައިފިއެވެ.
އެސްޓީއޯއިން ވިޔަފާރިވެރިންނަށް ފޮނުވި ރަސްމީ ނޯޓިސްގައިވާ ގޮތުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ޔުނިޓުތައް އެއްކޮށް ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހެއެވެ. އަދި މި މުއްދަތުގައި ތަން ހަވާލުކުރުމާއެކު، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން އުވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ކުއްޔާއި މަރާމާތު ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން އޮތްނަމަ، އެ ފައިސާގެ ތަފުސީލާއި ފައިސާ ދައްކައި ހަލާސްކުރަންޖެހޭ ތާވަލު މި 90 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން އެ ފަރާތްތަކާ ހިއްސާކުރާނެ ކަމަށްވެސް އެސްޓީއޯގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
ހާބަރު ސަރަހައްދުގެ މި ފުޑްކޯޓުތަކަކީ 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެސްޓީއޯއިން ތަރައްގީކޮށްފައިވާ ތަނެކެވެ.
2018 ވަނަ އަހަރުގެ މެއި މަހު ގައި މި ތަނުން ހިދުމަތް ދޭން ފަށާފައިވާއިރު، ރަސްމީކޮށް މި ފުޑްކޯޓުތައް ހުޅުވާފައިވަނީ އެ އަހަރުގެ ޖުލައި 23 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ވައިގެމަގުން ރާއްޖެއަށް 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ތިން މީހަކު ހައްޔަރަށް!
2 ގަޑިއިރު ކުރިން

ތިލަފުށީގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް 2028 ގެ ނިޔަލަށް އޮޕަރޭޝަނަށް ގެނައުމުގެ އަމާޒު!
4 ގަޑިއިރު ކުރިން

ސިފައިންގެ 74 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
4 ގަޑިއިރު ކުރިން

ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް ފައިނަލް ވޯކްޝޮޕްގައި ރާއްޖެއިން ބައިވެރިވެއްޖެ
4 ގަޑިއިރު ކުރިން


