logo
ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޒިހާން.. ފޮޓޯ: ފުލުހުން

ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޒިހާން.. ފޮޓޯ: ފުލުހުން

ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް!

profile

އާމިނަތު ޝަޒްލާ - 21 ނޮވެމްބަރު 2026 - 18:59

ދައުލަތުގެ އެންމެ މަތީ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދީ، ސޯޝަލް މީޑިއާގައި ޕޯސްޓުކުރި މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދުގެ މުއްދަތު ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޒިހާންގެ ބަންދަށް މިފަހަރު ކޯޓުން ވަނީ އިތުރު 16 ދުވަސް ދީފައެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ރޯކޮށްލަން ހިތްވަރުދިން މައްސަލައިގައި ޒިހާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ދިނީ 15 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް 14 ދުވަސް ޖެހިއިރު، މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.

ޒިހާން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދައުލަތުގެ މައި އެ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެ ތަންތަނުގައި ރޯކޮށްލުމަކީ 'މަޖާ' ކަމަކަށް ވާނެ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ. ޒިހާން މި ޕޯސްޓު ކޮށްފައިވަނީ އޭނާ ސަރުކާރުގެ މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.

ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ދައުލަތުގެ މުހިންމު ތަންތަނަށާއި މުދަލަށް ގެއްލުންދިނުމާއި، އެފަދަ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އެއްވެސް ސިފައެއްގައި ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި މިފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.

https://wamco.com.mv/
tel:+9607331319