
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާރަށުގައި މިއަދު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން،، ފޮޓޯ: ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ހއ.ބާރަށުގައި "ޝިޕް ވިޒިޓް" އިވެންޓް ކުރިއަށްގެންގޮސްފި

އާމިނަތު ޝަޒްލާ - 21 ނޮވެމްބަރު 2026 - 13:13
ހއ.ބާރަށުގައި "ޝިޕް ވިޒިޓް" އިވެންޓް ކުރިއަށްގެންގޮސްފިއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާރަށުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މިއަދު ހެނދުނު ބާރަށު ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ނޫރައްދީންގައި ބޭއްވި މި ޒިޔާރަތަކީ، ސިފައިންނާއި ރަށުގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ނަޞްރުގެ ދުވަހުގެ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ޤައުމީ ފަޚުރާއި މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ އިތުރުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގައި ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާނާއި ޒިކުރާ އާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ޒިޔާރަތުގައި ބައިވެރިވި ބާރަށުގެ ރައްޔިތުންނަށް ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީ، ކޯސްޓްގާޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދައްކާލާފައެވެ. އަދި ކަނޑުމަތީގެ ހާދިސާތަކުގައި އެ އުޅަނދުގައި ބޭނުންކުރާ ބައެއް އާލާތްތައް ބަލައިލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ވަނީ ދީފައެވެ. މި ޒިޔާރަތުގައި ބާރަށު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީންގައި މަސައްކަތްކުރައްވާ ސިފައިންނެވެ.
ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ އިރު، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގެ ފޮޓޯއާއި އެ ދުވަހުގެ ފަސްމަންޒަރު ދައްކުވައިދޭ ޚާއްޞަ ފޮޓޯ މަޢުރަޒެއް އިއްޔެއާއި މިއަދު ބާރަށުގައި ދަނީ ކުރިއަށްގެންދަމުންނެވެ. މީގެ އިތުރުން، ސިފައިންގެ ހުނަރުތައް ދައްކުވައިދޭ މިލިޓަރީ ޑިސްޕްލޭއަކާއި ކުޑަކުދިންގެ ހަވީރެއް ވެސް މިއަދު ހަވީރު ބާރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ހީނާ ގޯޅީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފި
2 ގަޑިއިރު ކުރިން

ޑޮލަރުގެ މައްސަލަ ހައްލުނުކުރެވި އޮތް އިރު، ރަށްރަށުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ: ނަޝީދު
2 ގަޑިއިރު ކުރިން

ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް!
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ވިހަ ބަނގުރާ ބޮއިގެން އިންޑިއާގެ މަނީޕޫރުން 11 މީހުން މަރުވެއްޖެ
5 ގަޑިއިރު ކުރިން


