.webp&w=3840&q=75)
ހީނާ ގޯޅީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފި

އާމިނަތު ޝަޒްލާ - 21 ނޮވެމްބަރު 2026 - 19:10
މާލޭގެ ހީނާ ގޯޅިތެރޭގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ސިފައިންނާއި ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން އަލިފާން ނިއްވާ ލޮރީތައް އެ ސަރަހައްދުގައި މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބާއި، ލިބުނު ގެއްލުމުގެ ތަފްސީލު އަދި އެނގިފައެއް ނުވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް އެ ސަރަހައްދުގައި ކުރިއަށްދާއިރު، ސަލާމަތީ ބާރުތަކުން ދަނީ އެ ސަރަހައްދުގެ މަގުތައް ބަންދުކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޑޮލަރުގެ މައްސަލަ ހައްލުނުކުރެވި އޮތް އިރު، ރަށްރަށުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ: ނަޝީދު
2 ގަޑިއިރު ކުރިން

ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް!
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ވިހަ ބަނގުރާ ބޮއިގެން އިންޑިއާގެ މަނީޕޫރުން 11 މީހުން މަރުވެއްޖެ
5 ގަޑިއިރު ކުރިން

ހއ.ބާރަށުގައި "ޝިޕް ވިޒިޓް" އިވެންޓް ކުރިއަށްގެންގޮސްފި
8 ގަޑިއިރު ކުރިން


