logo
މާލެ ވިޔަފާރިވެރިންގެ ބަނދަރު

މާލެ ވިޔަފާރިވެރިންގެ ބަނދަރު

މިދިޔަ މަހު އެމްޕީއެލްއިން 7،300 އަށްވުރެ ގިނަ ކޮންސައިންމަންޓް ކްލިއަރކޮށްފި

profile

މުޙައްމަދު ފަޟްލޫން - 17 އޮކްޓޯބަރު 2026 - 12:50

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޕީއެލް އިން 7،300 އަށްވުރެ ގިނަ ކޮންސައިންމަންޓުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

https://wamco.com.mv/

އެމްޕީއެލް އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު ޖުމްލަ 7،340 ކޮންސައިންމަންޓުގެ މުދާ ވަނީ ކްލިއާކޮށްދީފައެވެ.

މީގެ ތެރޭގައި ހިމެނެނީ 5،673 ކޮންޓެއިނަރުގެ ކޮންސައިންމަންޓާއި، 1،667 ކޮންވެންޝަނަލް ކޮންސައިންމަންޓެވެ.

މި މުއްދަތުގައި އެމްޕީއެލް އިން ޖުމްލަ 178،197 ޓަނުގެ މުދާ ކްލިއަރ ކޮށްފައިވެއެވެ.

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. އެގޮތުން 77،595 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ފިޔަޔާއި ކަރައެވެ. އެއީ 41،122 ޕެކޭޖުގެ ފިޔަލާއި، 39،582 ޕެކޭޖުގެ ކަރައެވެ.

މީގެއިތުރުން 23،610 ޕެކޭޖުގެ އަލުއްވާއި، 17،102 ޕެކޭޖުގެ ޓޮމާޓޯގެ އިތުރުން ދޮންކެޔޮ، ކޮޕީ، އަލަނާސި، ބަރަބޯ އަދި ބަށި ފަދަ ތަރުކާރީއާއި މޭވާގެ ގިނަ ބާވަތްތަކެއް ވަނީ ކްލިއަރ ކޮށްފައެވެ.

ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، 7،139 ޓީއީޔޫގެ މުދާ ބާލާފައިވާއިރު، 7،386 ޓީއީޔޫ ވަނީ ބޯޓުފަހަރަށް ބަރުކޮށްފައެވެ.

މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރަށް މުދާ ހިފައިގެން 26 ކާގޯ އުޅަނދަކާއި، 14 ކޮންޓެއިނަރ ބޯޓު ކައިރިކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

އެމްޕީއެލް އިން ބުނީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ލަސްނުވެ ވިޔަފާރިވެރިންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން މެދުކެނޑުމެއްނެތި އަހައްމިއްޔަތުކަން ދީގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

https://wamco.com.mv/
tel:+9607331319