logo
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މި ސަރުކާރުން ބޯހިޔާވަހިކަމަށް އެޅި ބިންގަލެއް ނެތް، ބަދަލު ފެންނާނީ އެމްޑީޕީ ވެރިކަމެއްގައި: އާޒިމް

profile

އާމިނަތު ޝަޒްލާ - 17 އޮކްޓޯބަރު 2026 - 14:03

މި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ބުނެ ވައުދުވަމުންދިޔަ ނަމަވެސް، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެއްވެސް ފްލެޓެއްގެ ބިންގާ ވެސް އަޅާފައި ނުވާ ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޭޔަރު އާދަމް އާޒިމް މިފަދައިން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

View post on Twitter

އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ބުނެ މި ތިން އަހަރު ދުވަހުގެ ތެރޭގައި ބިންގާއެޅި ހަމަ އެންމެ ފްލެޓެއް ވެސް ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ދައުލަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްކޮށްގެން، ފަޅެއްގެ ބައެއް ހިއްކި ނަމަވެސް، އެ ތަނުން ވެސް ދިވެހި ރައްޔިތަކަށް ދޫކުރި އެއްވެސް ބިމެއް ނެތް ކަމަށާއި، ރައްޔިތުންނަށް ލިބުނު ބޯހިޔާވަހިކަމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރު އިތުރަށް ވިދާޅުވީ، މި ހާލަތު ބަދަލުކުރެވޭނީ ކުރިއަށް އޮތް ތަނުގައި އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި ކަމަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އެކުލަވާލައި ނިންމާނީ ސީދާ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ގާތުން އެ މީހުންގެ އަޑު އަހައިގެން ކަމުގެ ޔަގީންކަން ވެސް އާޒިމް ދެއްވިއެވެ.

ދިވެހިރާއްޖޭގައި، ހާއްސަކޮށް ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އަދި އިގުތިސާދީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މާލޭގެ ކުދިކުދި ގޮޅިތަކުގައްޔާއި ބޮޑެތި ކުލިތައް ދައްކައިގެން ދިރިއުޅެމުންދާ އާއިލާތަކުގެ އާދޭހަކީ އަބަދުވެސް އިންތިހާބުތަކުގެ އެންމެ މުހިންމު އެއް ބަހުސެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ދުވަސްވަރު މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ. ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު އެ މަޝްރޫއުތަކުގެ ދަށުން ބިންތަކާއި ފްލެޓްތައް ހަވާލުކުރުން ލަސްވަމުންދާތީއާއި، މި ސަރުކާރުން އަލަށް ފެށި ރަސްމާލެ މަޝްރޫއަށް ބޮޑު ހޭދައެއް ކުރަމުންދާތީ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

https://wamco.com.mv/
tel:+9607331319