logo
އައިޕީސީސީގެ 65 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުން

އައިޕީސީސީގެ 65 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުން

އައިޕީސީސީގެ 65 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 17 އޮކްޓޯބަރު 2026 - 12:52

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ މައި ޖަމްޢިއްޔާ ކަމަށްވާ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ 65 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

https://wamco.com.mv/

މި މުހިއްމު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް އެންޑް އެނާރޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު އަބްދުﷲ އެވެ.

މި ސެޝަނުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އައިޕީސީސީގެ ހަތްވަނަ އެސެސްމަންޓް ރިޕޯޓް އެކުލަވައިލުމުގައި ހިއްސާވާ ތިން ވޯކިން ގްރޫޕުގެ މަސައްކަތުގެ ތާވަލުތަކާއި މަސައްކަތުގެ ޕްލޭންތައް ކަނޑައެޅުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، ބަޖެޓް މުރާޖަޢާކުރުމާއި، އިދާރީ އަދި އިޖުރާއީ މުހިންމު ކަންކަމުގެ އިތުރުން، އައިޕީސީސީގެ މަސައްކަތްތަކުގައި ޒަމާނީ ޓެކްނޮލޮޖީ ކަމަށްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް އެންމެ ބޮޑުވަމުންދާ އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށްވާއިރު، ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ދެނެގަތުމަށާއި، އެކަންކަމުން އަރައިގަތުމަށް ހަރުދަނާ ސިޔާސަތުތަކާއި ފިޔަވަޅުތައް އެޅުމުގައި ސައިންޓިފިކް ދިރާސާތަކާއި އެސެސްމަންޓްތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރާއްޖެއިން އަބަދުވެސް އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319