logo
ސްޓޭޓް ފާމާގެ ހެންވޭރު ފާމަސީ---

ސްޓޭޓް ފާމާގެ ހެންވޭރު ފާމަސީ---

މާލެއިން ފޯލިކް އެސިޑް ހުހެއް ނުވޭ: ސްޓޭޓް ފާމާ

profile

ޖިނާން ޙުސައިން ޖަބީން - 20 އޮކްޓޯބަރު 2026 - 18:33

މާލޭގެ ބޭސްފިހާރަތަކުން ފޯލިކް އެސިޑް ހުސްނުވާ ކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ.

https://wamco.com.mv/

ސްޓޭޓް ފާމާއިން މި މޭރުމުން ބުނެފައިމިވަނީ، މާލޭގެ ބޭސްފިހާރަތަކުން ފޯލިކް އެސިޑް ލިބެން ނެތް ކަމަށް ބުނެ މީސްމީޑިއާގެ އެކި މަންސަތަކުގައި ފެތުރެމުންދާ ވާހަކަތައް ދޮގުކުރަމުންނެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، ސްޓޭޓް ފާމާގެ މައި ސްޓްކްގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ އެ ކުންފުނީގެ އައުޓްލެޓްތަކުން ވެސް މިހާރު ފޯލިކް އެސިޑް ލިބެން ހުންނާނެއެވެ. އަދި ރާއްޖެއިން އެ ބޭސް މުޅިން ހުސްވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް ސްޓޭޓް ފާމާއިން ވަނީ ބުނެފައެވެ.

އާންމު ރައްޔިތުންނަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމުގެ ފުރިހަމަ ޔަގީންކަން ދެމުން، އެ ކުންފުނިން ވަނީ ބޭހުގެ ސްޓޮކާއި ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ފާހަގަކޮށްފައެވެ.

ރާއްޖެއަށް ކޮންމެހެން ބޭނުންވާ މުހިންމު ބޭސްތައް ގެނައުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމުގެ ބޭނުމުގައި ސްޓޭޓް ފާމާ އުފައްދާފައި ވީނަމަވެސް، އަދިވެސް މުހިއްމު ބޭސްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ބޮޑެވެ. މިގޮތުން ބައެއް ބާވަތްތަކުގެ ބޭސް ރާއްޖޭއިން ލިބެން ނުހުންނާތީ، ރާއްޖެއިން ބޭރުން ބޭސް ގެންނަން މަޖުބޫރުވާ ކަމަށް ބުނެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319