logo

ވިޒިޓް މޯލްޑިވްސް އަށް އައު އެމްޑީ އެއް އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2026 - 06:11

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ލިމިޓެޑް ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަނުކޮށްފިއެވެ.

https://wamco.com.mv/

ޔާސިރު ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޔާސިރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައެވެ. އެގޮތުން ވަން އެންޑް އޮންލީ ކަނުހުރާ ގެ ޑިރެކްޓަރެއްގެ ގޮތުގައި މީގެ ކުރިން ޔާސިރު ވަނީ މަސައްކަތް ކުރައްވާފައެވެ.

މީގެ އިތުރުން ޔާސިރު ވަނީ ފަތުރުވެރިކަމާއި ގުޅުންހުރި ތަފާތު އެކި އަމިއްލަ ކުންފުނިތަކުގެ މަތީ މަގާމްތަކުގައި މަސައްކަތް ކުރައްވާފައެވެ.

ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ބާރމިންހަމް އިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ އޮފް އާޓްސް އަދި ހޮސްޕިޓަލިޓީ އަދި ޓޫރިޒަމްގެ ދާއިރާއިން ބެޗްލަރސް އޮފް އާޓްސް (އޮނަރސް) ހާސިލް ކުރައްވާފައެވެ.

ޔާސިރަކީ މިސަރުކާރުގައި ވީއެމްސީ ހިންގުމާއި ހަވާލްވެ ވަޑައިގެންނެވި 3 ވަނަ އެމްޑީއެވެ.

https://wamco.com.mv/
tel:+9607331319