
ގޯއްޗާއި ފްލެޓް އެޕްލިކޭޝަންގެ މައުލޫމާތު ރަނގަޅުކުރަން 21 ދުވަސް ދީފި

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2026 - 06:10
މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓް އެޕްލިކޭޝަންގެ މައުލޫމާތު ރަނގަޅުކުރަން 21 ދުވަސް ދީފިއެވެ.
ހައުސިންގ މިނިސްޓްރީ އިން ބުނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް އެ މިނިސްޓްރީ އިން ކުރަމުންދާ ކަމަށެވެ.
މީގެ ކުރިން ހައުސިންގ މިނިސްޓްރީ އިން ގޯއްޗާއި ފްލެޓް އެޕްލިކޭޝަންގެ މައުލޫމާތު ރަނގަޅުކުރަން ދިނީ 7 ދުވަހެވެ. ނަމެވެސް އިއްޔެ އެމުއްދަތު ވަނީ 21 ދުވަހަށް އިތުރުކޮށްފައެވެ.
އެޕްލިކޭޝަން ރަނގަޅުކުރަން ދިން މުއްދަތުގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ނުދޭނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ކަމަށް ނުވަތަ ޝަރުތުހަމަނުވާކަމަށް ބަލައިގަންނާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ފްލެޓާއި ގޯއްޗާއި ބެހޭ އިތުރު މައުލޫމާތު ހައުސިންގ މިނިސްޓްރީގައި ގާއިމްކޮށްފައިވާ ހެލްޕް ޑެކްސް އަދި ކޯލް ސެންޓަރު 400900 އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު ފަހު 3 ޖަހަންދެން ލިބޭނެއެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައިވާ ކަަމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގަލަމުން ލިޔާ ކޮންމެ ދޮގުވާހަކައަކީ ގައުމާއި ދެކޮޅަށް ކުރެވޭކަމެއް: ރައީސް
9 މިނިޓު ކުރިން

ކުކުޅު ބިސް ކޮންޓްރޯލެއް ނުކުރަން: އެސްޓީއޯ
ގަޑިއިރެއް ކުރިން

ވިޒިޓް މޯލްޑިވްސް އަށް އައު އެމްޑީ އެއް އައްޔަނުކޮށްފި
ގަޑިއިރެއް ކުރިން

އިސްލާހުތައް ގެންނަނީ މަޝްވަރާ ކުރެވިގެން، ފެކްޓް ބޭސްކޮށް: ރައީސް
3 ގަޑިއިރު ކުރިން


