logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

އިސްލާހުތައް ގެންނަނީ މަޝްވަރާ ކުރެވިގެން، ފެކްޓް ބޭސްކޮށް: ރައީސް

profile

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2026 - 04:08

ސަރުކާރުން އަޅުއްވާ ކޮންމެ ފިޔަވަޅަކާއި، ގާނޫނުތަކަށް ގެންނަވާ ކޮންމެ އިސްލާހަކީ ވެސް ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދަވާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރެއްވުމަށް ސަރުކާރުން އަޅަމުންގެންދާ ކޮންމެ ފިޔަވަޅަކާއި، ގާނޫނުތަކަށް ގެންނަވާ ކޮންމެ ބަދަލަކީ ވެސް ފުންކޮށް ދިރާސާކުރެއްވުމަށްފަހު ނިންމަވާ ނިންމެވުންތަކެއް ކަމަށެވެ.

ސިޔާސީ ބޭފުޅުން އެކި ގޮތްގޮތަށް ވާހަކަދެއްކެވި ނަމަވެސް، ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށާއި ބޭރު ފައިސާގެ ދަތިކަން ހައްލުކުރެއްވުމަށް ސަރުކާރުން މިހާރު އަޅުއްވަމުން ގެންދަވަނީ ކޮންމެހެން އަޅަންޖެހިފައިވާ މުހިންމު ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަކީ ފަންނީ ދިރާސާތަކާއި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ކުރިއަށްގެންދާ ކަންކަން ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް އެދެވޭ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ ކަޅު ބާޒާރަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

ސިޔާސީ ބޭނުމެއްގައި އަމިއްލަ އެޖެންޑާއެއް ކުރިއަށްގެންދިއުމުގައި ގައުމާއި ދެކޮޅަށް ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމަށް ފައިދާނުވާނެ ފަދަ އެއްވެސް ވާހަކައެއް ދެއްކުމަކީ ގައުމާއި ދެކޮޅުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހަގީގަތް ނުބަލައި ޒިންމާދާރުކަމެއް ނެތި ލިޔެވޭ ކޮންމެ އެއްޗަކީ އަދިި ދުލުން ބުނެވޭ ކޮންމެ އެއްޗަކީ ގައުމާއި ދެކޮޅަށް ބުނެވޭ އެއްޗެއް ކަަަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319