
ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މުޙައްމަދު ފަޟްލޫން - 26 އޯގަސްޓު 2026 - 15:40
ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު، އޮނަރަބަލް ބަލެންދުރަ ޝާހަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ހިތާމަވެރި ހާދިސާގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމުގެ ފުން ހިތާމަ ފާޅުކުރައްވާފައިވެއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ނޭޕާލުގެ ބޮޑުވަޒީރަށާއި، ސަރުކާރަށް އަދި ރައްޔިތުންނަށް، ހާއްސަކޮށް މި ހާދިސާގައި އާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކަށް އިހްލާސްތެރި ތައުޒިޔާ އަރިސްކުރައްވާފައެވެ.
މީގެއިތުރުން، މި ހާދިސާގައި އަނިޔާވި އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޓީމުތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތަކަށް ތަޢުރީފު ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންކަމުގެ މަގާމުން އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި
14 ގަޑިއިރު ކުރިން

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
14 ގަޑިއިރު ކުރިން

އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް ޖަމީލާ އައްޔަނުކުރަން ފާސްކޮށްފި
14 ގަޑިއިރު ކުރިން

ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު މަޖިލީހުން ފާސްކޮށްފި
14 ގަޑިއިރު ކުރިން


