
ޖަމީލާ އަލީ ހާލިދު
އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް ޖަމީލާ އައްޔަނުކުރަން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 26 އޯގަސްޓު 2026 - 13:07
ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް، ޖަމީލާ އަލީ ހާލިދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރާއްޖެއިން ބޭރު ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޖަމީލާގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގަމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް ހާރިޖީ ވަޒީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޖަމީލާ މި މަގާމަށް އައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވަނީ އޭނާއަށް ރުހުން ދިނުމަށެވެ.
ޖަމީލާ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ވޯޓާއެކުގައެވެ.
ޖަމީލާ އަލީ ހާލިދަކީ ހާރިޖީ ދާއިރާގެ އިތުރުން ގައުމީ ހިދުމަތުގައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަގާމުވެސް އޭނާ ވަނީ މީގެ ކުރިން ފުރުއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ
12 ގަޑިއިރު ކުރިން

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންކަމުގެ މަގާމުން އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި
14 ގަޑިއިރު ކުރިން

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
14 ގަޑިއިރު ކުރިން

ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު މަޖިލީހުން ފާސްކޮށްފި
14 ގަޑިއިރު ކުރިން


