logo

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންކަމުގެ މަގާމުން އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި

profile

މުޙައްމަދު ފަޟްލޫން - 26 އޯގަސްޓު 2026 - 13:48

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންކަމުގެ މަގާމުން ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ،

https://wamco.com.mv/

އަހްމަދު އަބްދުﷲ އިސްތިއުފާ ދެއްވިކަން އާއްމުކުރައްވައި އެކްސްގައި ހިއްސާކުރެއްވި ސިޓީގައި ވިދާޅުވީ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމާއި ގުޅިގެން އެމަނިކުފާނުގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވުމަށް ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޕާޓީގެ އިންތިހާބީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަކީ ޕާޓީގެ އެކިއެކި މަގާމްތަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކޮށްދޭންޖެހޭ ބައެއް ކަމަށް އަހްމަދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެފަދަ މަގާމެއްގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކަށް މަސައްކަތް ކޮށްދިނުމަކީ ކޮށްގެންވާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންވަނާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މީގެކުރިން ވިދާޅުފައިވާ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭންގައި މަސައްކަތް ފެށުމުގެ ގޮތުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

https://wamco.com.mv/
tel:+9607331319