
އެމްޑީޕީގެ ކޮންގްރެސް އޮކްޓޯބަރު 1 ގައި ބާއްވަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 10 ސެޕްޓެމްބަރު 2026 - 08:02
އެމްޑީޕީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު 1 ގައި ބާއްވަން ނިންމާފައިވާ ކަަމަށް އެޕާޓީ އިން ބުނެފިއެވެ.
ކޮންގްރެސް އާއި ގުޅޭ މައުލޫމާތު ހާމަކުރަން އެމްޑީޕީ އިން ބޭއްވި ޕްރެސްކޮންފަރެއްސެއްގައި ޕާޓީގެ ޕާޓީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދު ވިދާޅުވީ އެޕާޓީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ 01 އިން 03 އަށް މާލެ ސިޓީ ކައުންސިލްގެ ހޯލުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން އެމްޑީޕީގެ ކޮންގްރެސް އަށް ހުރަސް ނޭޅުމަށްވެސް އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ.
ކޮންގްރެސް އާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު މުހައްމަދު ޝިފާޒް ވިދާޅުވީ، ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ އަސާސީ ގަވާއިދަށް ގެންނަ ބަދަލުތަކެއް ނުވަތަ އިސްލާހުތަކެއް ހުށަހަޅައި އެކަން ފާސްކުރުން ކަމަށެވެ.
ކޮންމެ 5 އަހަރަކުން 1 އަހަރު ކޮންގްރެސް އެއް ބޭއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދުގައި ހިމެނޭ ކަމެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވާއިދަށް ބަދަލެއް ގެނެވެނީ އެޕާޓީގެ އެންމެ ބޮޑު ގުނަން ކަމަށްވާ ކޮންގްރެސް އިން ފާސްކޮށްގެން ކަމަށް ޝިފާޒް ވިދާޅުވިއެވެ.
މިއަހަރުގެ ކޮންގްރެސްގައި އިންވެސްޓްމެންޓް ފޯރަމް ސެޝަން އެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޝިފާޒް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓެއް ހިނގައިފި
ގަޑިއިރެއް ކުރިން
މިދިޔަ ހުރިހާ ސަރުކާރަަކަށްވުރެ މިސަރުކާރުގެ ދަރަނިބޮޑު: މޮސްޓާ
17 ގަޑިއިރު ކުރިން

އެކަނިވެރި މައިންބަފައިންނަށް މިދިޔަ މަހު އެހީގެ ގޮތުގައި 17.7 މިލިއަން ރުފިޔާ ދޫކޮށްފި
18 ގަޑިއިރު ކުރިން

އީރާނާ ދެކޮޅަށް ސިފައިން ނުފޮނުވުމަށް ގޮވާލައި ދެކުނު ކޮރެއާގައި މުޒާހަރާކޮށްފި
18 ގަޑިއިރު ކުރިން


