
އީރާނާ ދެކޮޅަށް ސިފައިން ނުފޮނުވުމަށް ގޮވާލައި ދެކުނު ކޮރެއާގައި މުޒާހަރާކޮށްފި

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2026 - 15:24
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއަށް ދެކުނު ކޮރެއާގެ ސިފައިން ނުފޮނުވުމަށް ގޮވާލައި، އެ ގައުމުގެ ރައްޔިތުން އަޑުއުފުލަން ފަށައިފިއެވެ.
މި މުޒާހަރާތައް ފެށިފައިވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ވިހި އިންސައްތަ ހިއްސާކުރާ ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމުގައި އެހީތެރިވުމަށް އެމެރިކާއިން ދެކުނު ކޮރެއާގެ ކިބައިން އެދުމާ ގުޅިގެންނެވެ. އަދި މިކަމަށް އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކުނު ކޮރެއާގެ ސަރުކާރަށް ބާރުއަޅުއްވާފައެވެ.
މިކަމާ ދެކޮޅަށް ދެކުނު ކޮރެއާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވެރިރަށް ސޯލްގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރިއަށް އެއްވެ އިހުތިޖާޖުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ޣައިރު ޤާނޫނީ އަމަލުތަކުގައި ބައިވެރިވުމަށް އެ ޤައުމުގެ ސިފައިން ފޮނުވުމާ މުޅިން ދެކޮޅު ކަމަށެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި މުޒާހަރާތައް ހިނގާފައިވަނީ އެ ސަރަޙައްދުގެ ހާލަތު ވަޒަންކުރުމަށް ދެކުނު ކޮރެއާގެ ވަފުދެއް އެތަނަށް ދިޔަތާ އެއް ދުވަސް ފަހުންނެވެ. ނަމަވެސް، ދެކުނު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ސަލާމަތީ ގޮތުން އެއްވެސް ފައުޖެއް އެ ސަރަޙައްދަށް ފޮނުވާފައެއް ނުވެއެވެ. އަދި އެ ޤައުމުން ފޮނުވި ޓީމުގެ ބޭނުމަކީ ހަމައެކަނި އެ ސަރަޙައްދުގެ މަސްރަޙު ދެނެގަތުން ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
މިދިޔަ ހުރިހާ ސަރުކާރަަކަށްވުރެ މިސަރުކާރުގެ ދަރަނިބޮޑު: މޮސްޓާ
2 ގަޑިއިރު ކުރިން

އެކަނިވެރި މައިންބަފައިންނަށް މިދިޔަ މަހު އެހީގެ ގޮތުގައި 17.7 މިލިއަން ރުފިޔާ ދޫކޮށްފި
3 ގަޑިއިރު ކުރިން

މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
5 ގަޑިއިރު ކުރިން

ސްޕާތަކަކާއި ސެލޫންތައް ބަލައިފާސްކޮށް ބިދޭސީންތަކެއް ބެލުމުގެ ދަށަށް ގެންގޮސްފި
5 ގަޑިއިރު ކުރިން


