logo

މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ

profile

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2026 - 12:57

މާލެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ހާއްސަ މޮނިޓަރިންގ ސެންޓަރެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ވެހިކަލްތައް އިންތިހާއަށް އިތުރުވެ، ޓްރެފިކް ތޮއްޖެހުމަކީ މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން އައު ވިސްނުންތަކާއެކު މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށާއި، އޭގެ ތެރެއިން މުޅި މާލެ ސަރަޙައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ޒަމާނީ މަރުކަޒެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރާ ބެހޭ އައު ގާނޫނާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް އެދެވޭ ޙައްލެއް ގެނައުމުގެ ސާފު ތަސައްވުރެއް ރައީސުލްޖުމްހޫރިއްޔާގެ އެބައޮތް ކަމަށެވެ. އެގޮތުން، މިފަދަ ސެންޓަރެއް ޤާއިމުކޮށް، ވަގުތުން ވަގުތަށް (ރިއަލް ޓައިމްގައި) ޓްރެފިކް ބަލަހައްޓައި ކޮންޓްރޯލް ކުރެވޭނެ ހަރުދަނާ ނިޒާމެއް ސަރުކާރުން ޤާއިމުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެއިތުރުން، މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާއިރު، ޓްރެފިކް މައްސަލަތައް ޙައްލުކުރުމުގެ ވިސްނުންވެސް ޒަމާނީ ފެންވަރަށް ބަދަލުވާންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ވަކި ޒޯންތަކެއް ކަނޑައަޅައިގެން ކޮންޓްރޯލް ނިޒާމެއް އެކުލަވާލައިގެން މެނުވީ މިކަމަށް އެދެވޭ ޙައްލެއް ނުލިބޭނެ ކަމަށާއި، މިގޮތަށް ޢަމަލުކުރުމަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އެއްވެސް މިންވަރަކަށް ހުރަސްނާޅާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319