logo

75 ބިދޭސީއަކު ބަލައި ފާސްކޮށް، އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

profile

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2026 - 12:55

މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، އިތުރު ބިދޭސީންތަކެއް ބަލައި ފާސްކޮށްފިއެވެ.

https://wamco.com.mv/

އިމިގްރޭޝަން ޓާސްކްފޯސްއިން އިއްޔެ މާލޭގައި ހިންގި މި އޮޕަރޭޝަނުގައި، ޖުމްލަ 75 ބިދޭސީއަކު ބަލައި ފާސްކޮށް ސުވާލުކޮށްފައިވާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

އަދި އޭގެ ތެރެއިން ރާއްޖޭގައި ގަވާޢިދާ ހިލާފަށް އުޅެމުންދިޔަ އެކަކު މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ސިލްސިލާކޮށް ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.

މިފަދަ މައްސަލަތަކުގައި ޑިޓެންޝަން ސެންޓަރުގައި ބަންދުކުރެވޭ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްވެސް އެ އިދާރާއިން މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319