logo

ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތް ނުކުރަން އެމްއެމްއޭ އިން އިލްތިމާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2026 - 12:55

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށާއި، ހުއްދަ ނެތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ނުހިންގުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށް ބޭރު ފައިސާއާބެހޭ ގާނޫނާއި މަނީ ޗޭންޖިންގ ވިޔަފާރީގެ ގަވާއިދުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އެހެންނަމަވެސް، އެފަދަ ހުއްދައަކާ ނުލައި ބައެއް ފަރާތްތަކުން ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ހިންގަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

މިއީ ގާނޫނާ ޚިލާފު ކަމަކަށްވާތީ، އެމްއެމްއޭގެ ސައްހަ ލައިސަންސެއް ނެތި ބޭރު ފައިސާގެ މުޢާމަލާތްތައް ކުރާ ފަރާތްތަކާއެކު އެއްވެސް މުޢާމަލާތެއް ނުކުރުމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ. އެހެންކަމުން، ބޭންކުތައް ފިޔަވައި އެހެން ފަރާތްތަކާއެކު މިފަދަ މުޢާމަލާތްތައް ހިންގުމުގެ ކުރިން، އެއީ ލައިސަންސް ލިބިފައިވާ ފަރާތެއްކަން ކަށަވަރުކުރުމަށާއި، ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން މުޢާމަލާތްތައް ހިންގުމަށް އެމްއެމްއޭއިން ވަނީ އިިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319