
ސްޕާތަކަކާއި ސެލޫންތައް ބަލައިފާސްކޮށް ބިދޭސީންތަކެއް ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2026 - 12:56
ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ސެލޫން އަދި ސްޕާތަކެއް ބަލައިފާސްކޮށް، އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކް ފޯސްއިން އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަން އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ ހުޅުމާލޭގައި ސެލޫން އަދި ސްޕާގެ ހިދުމަތް ދެމުން އަންނަ ތަންތަނަށެވެ.
މި އިންސްޕެކްޝަންގެ ދަށުން ޖުމްލަ 8 ތަނެއް ބަލައިފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު ފާހަގަކުރެވި، އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ވަޒީފާ އަދާކުރަމުންދާ ބިދޭސީން ދެނެގަނެ، އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މާލެ ސަރަޙައްދުގައި ދަނީ ސިލްސިލާކޮށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
ގަޑިއިރެއް ކުރިން

75 ބިދޭސީއަކު ބަލައި ފާސްކޮށް، އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތް ނުކުރަން އެމްއެމްއޭ އިން އިލްތިމާސްކޮށްފި
ގަޑިއިރެއް ކުރިން

އެލައިޑްގެ މިޝަން PS5 ޕްރޮމޯޝަން ފަށައިފި
ގަޑިއިރެއް ކުރިން


