logo

އެލައިޑްގެ މިޝަން PS5 ޕްރޮމޯޝަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2026 - 12:53

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސް އިން އަގުހުރި ޕްލޭސްޓޭޝަން 5 (ޕީއެސް 5) އެއް ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް މިޝަން ޕީއެސް 5 ގެ ނަމުގައި ފަށައިފިއެވެ.

https://wamco.com.mv/

މި ހިނގާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަން ނިމޭނީ 30 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ސޯޝަލް މީޑިއާ ބޭނުންކުރައްވާ ކޮންމެ ފަރާތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ ޝަރުތުތަކަކީ:

އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް allied.mv@ ފޮލޯކުރުން

މި ޕްރޮމޯޝަންގެ މައި ޕޯސްޓަށް ލައިކް ދިނުން

ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ތިން ރަހުމަތްތެރިއަކު ޓެގްކުރުން.

މީގެއިތުރުން، މި ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި allied.mv@ ޓެގްކުރުމަށްފަހު ހިއްސާކޮށްލުމުން، ގުރުއަތުން ހޮވުމުގެ ފުރުސަތު އިތުރުވެގެންދާނެ (ބޯނަސް އެންޓްރީ) މަގުވެސް ވަނީ ފަހިކޮށްދީފައެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައި އިއުލާންކުރުން އޮންނާނީ 16 ނޮވެމްބަރު 2026 ގައެވެ.

އެލައިޑް އިންޝުއަރެންސް އިން ވަނީ ވީހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެ، މި ފުރުސަތުގެ މައުލޫމާތު އެކުވެރިންނާ ހިއްސާކުރުމަށް ދައުވަތު އަރުވާފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އެ ކުންފުނިން ކަނޑައަޅާފައިވާ ހާއްސަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު އެލައިޑް އިންޝިއުރެންސްގެ އިންސްޓަރގްރާމް އެކައުންޓުން ބަލައިލެވޭނެއެވެ.

https://wamco.com.mv/
tel:+9607331319