ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ، މޮސްޓާ
މިދިޔަ ހުރިހާ ސަރުކާރަަކަށްވުރެ މިސަރުކާރުގެ ދަރަނިބޮޑު: މޮސްޓާ

މުޙައްމަދު ފަޟްލޫން - 09 ސެޕްޓެމްބަރު 2026 - 16:07
މިދިޔަ ހުރިހާ ސަރުކާރަަކަށްވުރެ މިސަރުކާރުގެ ދަރަނިބޮޑު ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ، މޮސްޓާ ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި މޮސްޓާ ވިދާޅުވީ އެމަނިކުފާނުވެސް ނިސްބަތްވެ ވަޑައިގަންނަވާ 19 ވަނަ މަޖިލީހުން 50 އެތައް ބިލިއަން ދިވެހި ރުފިޔާގެ ބަޖެޓެއް ފާސްކޮށްދީފައި ކަަމަށެވެ.
ބަޖެޓް ޑެފިސިޓްވެ އިތުރަށް ބަޖެޓެއް މަޖިލީހުން ފާސްކުރަންޖެހުނު ކަމަށް މޮސްޓާ ވިދާޅުވިއެވެ.
3 އަހަރު ސަރުކާރަށް އަދި ފުރިހަމަނުވާއިރު މިހާތަނަށް މިސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް މިހާތަނަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލްވީ ދަރަނި ދެއްކޭނެ ކަަމަށް ބުނެ ދަރަނީގެ ގޮތުގައި ލޯނު ނަގައިގެން ހިންގި މަޝްރޫއުތައް އެނގޭ ހާލުގައި ކަމަށް މޮސްޓާ ވިދާޅުވިއެވެ،
ވެރިކަމާއި ހަވާލްވި ދަރަނި ދެއްކޭނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެއޭ ބުނުމަށްފަހުގައި ކަމަށް މޮސްޓާ ވިދާޅުވިއެވެ. އަދި އެ ސިގްނަލް ފެހިވީ ކޮން ހިސާބަކުން ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރަނި ދައްކަންވެގެން ބޭންކްގައި ރައްޔިތުން ފޮރުވާފައި ހުރިހާ ޑޮލަރެއް ނަގައިގެން ދަރަނި ދެއްކުމުން ރާއްޖޭގައި ޑޮލަރުގެ އަގު އަރައިގެން ގޮސްފައިވާ ކަމަށް މޮސްޓާ ވިދާޅުވިއެވެ،
ދަރަނި ދައްކަން މިސަރުކާރުން ލޯނު ނަގަމުންދާ ކަމަށް މޮސްޓާ ތުހުމަތު ކުރެއްވިއެވެ. މިހާރު ފިނޭންސުން 600 އަށްވުރެ ގިނަ މިލިއަން ރުފިޔާގެ ދަރަނި ނަގަން އިއުލާނު ކޮށްފައިވާ ކަަމަށް އޭނަ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އެކަނިވެރި މައިންބަފައިންނަށް މިދިޔަ މަހު އެހީގެ ގޮތުގައި 17.7 މިލިއަން ރުފިޔާ ދޫކޮށްފި
3 ގަޑިއިރު ކުރިން

އީރާނާ ދެކޮޅަށް ސިފައިން ނުފޮނުވުމަށް ގޮވާލައި ދެކުނު ކޮރެއާގައި މުޒާހަރާކޮށްފި
3 ގަޑިއިރު ކުރިން

މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
5 ގަޑިއިރު ކުރިން

ސްޕާތަކަކާއި ސެލޫންތައް ބަލައިފާސްކޮށް ބިދޭސީންތަކެއް ބެލުމުގެ ދަށަށް ގެންގޮސްފި
5 ގަޑިއިރު ކުރިން


