logo

ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓެއް ހިނގައިފި

profile

މުޙައްމަދު ފަޟްލޫން - 10 ސެޕްޓެމްބަރު 2026 - 08:01

ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރީގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

https://wamco.com.mv/

ވިނަރެސް 5 ވަނަ ފްލެޓް ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު 9 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ރޭ 23:05 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި ފަހަތުގައި ތިބި މީހުންނާއެކު ޖުމްލަ 4 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރު އާއްމުކޮށް ހުޅުމާލެ އާއި މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.

https://wamco.com.mv/
tel:+9607331319