
ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން %51 އިތުރުކޮށްފި

މުޙައްމަދު ފަޟްލޫން - 11 އޯގަސްޓު 2026 - 11:58
ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދީ، ބާޒާރުގައި ހުރި ތަދިކަން ކުޑަކުރުމުގެ މަގުސަދުގައި، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް ގެނައި މި ބަދަލަކީ، ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
މިދިޔަ ފެބުރުވަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު މަދުވުމުގެ ސަބަބުން ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭއިން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، ބޭރު ފައިސާ ލިބޭ މިންވަރު ދަށްވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމުގެ ސަބަބުންނެވެ.
މީގެ ކުރިންވެސް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭއިން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.
މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ މުދާ އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި، ތަކެތީގެ އަގު ހަމަހަމަކޮށް ހިފެހެއްޓުމަށްޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 އިންސައްތައަށް އިތުރުކޮށްފައިވެއެވެ.
މީގެއިތުރުން، ފަތުރުވެރިކަން މަދު ދުވަސްވަރު (އޮފް ސީޒަން) ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، މިދިޔަ ޖޫން މަހުން ފެށިގެން ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ 26 އިންސައްތައަށް އިތުރުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 މީހުންނާ އެކު ދަތުރުކުރި ޑައިވިންގ ދޯންޏެއް ފަރަށް އަރައިފި
ދުވަހެއް ކުރިން

ހުޅުމާލެ ފޭސް 3އިން 560 ފަރާތަކަށް ގޯތި ޙަވާލުކޮށްފި
ދުވަހެއް ކުރިން

ޖުލައިމަހުގެ ނިޔަލަށް 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: ފުލުހުން
ދުވަހެއް ކުރިން

ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމަށް ސުވަސެވަނާ ހޮސްޕިޓަލާއެކު އެމްއޯޔޫއެއް!
ދުވަހެއް ކުރިން


