logo

6 މީހުންނާ އެކު ދަތުރުކުރި ޑައިވިންގ ދޯންޏެއް ފަރަށް އަރައިފި

profile

މުޙައްމަދު ފަޟްލޫން - 11 އޯގަސްޓު 2026 - 12:22

ހަ މީހުންނާއެކު ދަތުރުކުރި އުރަފާ ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއް ހދ. ނޮޅިވަރަންފަރުގެ ހުޅަނގު ފަރާތު ފަރަށް އެރުމާ ގުޅިގެން، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ ދޯނީގައި ޖުމްލަ ހަ މީހުން ތިއްބެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފަރަށް އެރި ދޯނި ފުންކުރުމާއި، އޭގައި ތިބި މީހުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

https://wamco.com.mv/
tel:+9607331319