
ހުޅުމާލެ ފޭސް 3އިން 560 ފަރާތަކަށް ގޯތި ޙަވާލުކޮށްފި

މުޙައްމަދު ފަޟްލޫން - 11 އޯގަސްޓު 2026 - 11:59
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ކަނޑައެޅުނު ފަރާތްތަކުގެ ތެރެއިން 560 ފަރާތަކަށް މިހާތަނަށް ގޯތި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މިހާތަނަށް ހަވާލުކުރެވުނު 560 ގޯއްޗަކީ ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކުގެ ޖުމްލަ އަދަދުގެ 80 އިންސައްތައެވެ.
ބާކީ ހުރި ގޯތިތައް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ހުޅުމާލޭ ފޭސް 3 އިން ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މާރިޗު 26 ގައި ފަށާފައިވާއިރު، ގޯތި ހަވާލުކުރަނީ ބިމުގެ ވެރިފަރާތުން ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅައި، ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރުމުންނެވެ.
ފޭސް 3 ގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ކުރިން ގޯތި ކަނޑައެޅިފައިވާ 698 ފަރާތެއްގެ ގޯތީގެ ލޮކޭޝަން ބަދަލުކުރަން ޖެހުނެވެ.
މި ފަރާތްތަކަށް އަލުން ގޯތި ކަނޑައެޅުމަށްޓަކައި ބޭއްވި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

6 މީހުންނާ އެކު ދަތުރުކުރި ޑައިވިންގ ދޯންޏެއް ފަރަށް އަރައިފި
ދުވަހެއް ކުރިން

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން %51 އިތުރުކޮށްފި
ދުވަހެއް ކުރިން

ޖުލައިމަހުގެ ނިޔަލަށް 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: ފުލުހުން
ދުވަހެއް ކުރިން

ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމަށް ސުވަސެވަނާ ހޮސްޕިޓަލާއެކު އެމްއޯޔޫއެއް!
ދުވަހެއް ކުރިން


