logo

ހުއްދަނެތި ޕޮލިސް ސްޓޭޝަނެއްގެ ގަރާޖަށް ވަތް މީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 14 ޖޫން 2026 - 07:43

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ގަރާޖަށް ހުއްދަ ނެތި ވަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސީސީޓީވީ ފުޓޭޖްތަކުގެ ފޮޓޯތަކާއި، ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުންގެ ރިޕޯޓުގެ އިތުރުން ހައްޔަރާއި ބަންދުގެ ރެކޯޑުތައް ހިމެނެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރި ނަމަވެސް، އޭނާއަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk