
މުލީ ހޮސްޕިޓަލު އިމާރާތުގެ ފައުޑޭޝަން މަސައްކަތްތައް ފެށިގެން ކުރިޔަށް!

އާމިނަތު ޝަޒްލާ - 14 ޖޫން 2026 - 07:44
މ. މުލީގައި އަލަށް އިމާރާތްކުރާ 50 އެނދުގެ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ބާރުސްޕީޑުގައި ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުއްޔަށް ކުރެއްވި ޒިޔާރަތުގައެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލް އިމާރާތުގެ ބިންގާ އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
ހަތަރު ފަންގިފިލާއަށް ބިނާކުރާ މި އައު ހޮސްޕިޓަލާއެކު، މުލީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާވެ، ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް އިމާރާތުގެ އިތުރުން، އިދާރީ މަސައްކަތްތަކަށް ޚާއްޞަ ވަކި އޮފީސް އިމާރާތެއްވެސް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އައު އިމާރާތުގައި ޤާއިމުކުރެވިފައިވާ މުހިންމު ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްޤީކުރެވިފައިވާ ކޮންސަލްޓޭޝަން ރޫމްތަކާއި އޮޕަރޭޝަން ތިއޭޓަރާއި، ކުއްލި ފަރުވާދޭ ސަރަޙައްދު (އީ.އާރް)، އެން.އައި.ސީ.ޔޫ އަދި ކުޑަކުދިންނަށް ޚާއްޞަ ވޯޑާއި، ދަތުގެ ފަރުވާ، ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީގެ ފުރިހަމަ ޚިދުމަތްތަކާއި، ބަލިމީހުންގެ ޒާތީ މިނިވަންކަން ކަށަވަރުކޮށްދޭ ޕްރައިވެޓް ރޫމްތަކާއި ބައްދަލުވުންތަކަށް ޚާއްޞަ މީޓިންގ ރޫމްތަކާއި، ކުޑަކުދިން ހިތްއުފާކޮށްލުމަށްޓަކައި ޚާއްޞަކޮށްގެން ތައްޔާރުކުރެވިފައިވާ ކުޅޭ ސަރަޙައްދެވެ.
ޖުމްލަ 32,000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއްގައި ކުރިއަށްދާ މި ބިޔަ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 171 މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ހިންގާ މުހިންމު މަޝްރޫޢެކެވެ.
ގުޅުން ހުރި ޙަބަރުތައް
ޑޮލަރު ކާޑުން މުއާމަލާތް ކޮށްގެން 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!
ގަޑިއިރެއް ކުރިން

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ
2 ގަޑިއިރު ކުރިން

ހުއްދަނެތި ޕޮލިސް ސްޓޭޝަނެއްގެ ގަރާޖަށް ވަތް މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އެ ޕާޓީން އިއުލާންކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)