logo

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އެ ޕާޓީން އިއުލާންކޮށްފި

profile

އާމިނަތު ޝަޒްލާ - 14 ޖޫން 2026 - 07:06

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އެ ޕާޓީން ރަސްމީކޮށް ހާމަކޮށްފިއެވެ.

https://wamco.com.mv/

މިދިޔަ ހުކުރު ދުވަހު ބޭއްވުނު މި އިންތިޚާބުގައި ޖުމްލަ 31,129 މެންބަރުން ވޯޓުލާފައިވެއެވެ. އެ ޕާޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 50,000 އަށްވުރެ ގިނަ މެންބަރުން ދަފްތަރުގައި ހިމެނެއެވެ.

ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

އެމަނިކުފާނަށް ޖުމްލަ 21,301 ވޯޓު ލިބިވަޑައިގެންފައިވާއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމަށް ލިބިވަޑައިގަތީ 9,462 ވޯޓެވެ. އަދި އިންތިޚާބުގައި ވާދަކުރެއްވި އިބްރާހީމް މުޙައްމަދަށް ލިބިވަޑައިގަތީ 132 ވޯޓެވެ.

ވަގުތީ ނަތީޖާ ރަސްމީކޮށް އިޢުލާންކުރުމުގެ ކުރިންވެސް ރައީސް ނަޝީދުގެ ކާމިޔާބީ ކަށަވަރުވެފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ޙަފުލާއެއް ބާއްވާފައެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައި މިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކާ ގުޅިގެން ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، މިދިޔަ އަހަރުގެ ޖޫން މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk