logo

ތިނަދޫސިޓީގައި ބާއްވާ "ނަމާދެވެ" ޕްރޮގްރާމް ފެށިގެން ކުރިޔަށް!

profile

އާމިނަތު ޝަޒްލާ - 14 ޖޫން 2026 - 10:46

ތިނަދޫސިޓީގައި ނަމާދަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ "ނަމާދެވެ" ޕްރޮގްރާމް ފަށައިފިއެވެ.

https://wamco.com.mv/

މި ޕްރޮގްރާމް ފެށުމަށް ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިޕްރޮގްރާމުގައި ޖުމްލަ 180 ކުދިން ވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި ހިމެނެނީ 115 ފިރިހެން ކުދިންނާއި 65 އަންހެން ކުދިންނެވެ.

ޢާންމުންގެ ބޮޑު ތަރުޙީބާއެކު ފެށުނު މި ޕްރޮގްރާމަކީ ތިނަދޫސިޓީ ކައުންސިލާއި ،އަރުތަ، ވީޓް އަދި ކޮމިއުނިޓީ ގާޑަން ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

"އަސްލު ޓީވީ" އަށް ދެއްވި އިންޓަރވިއުއެއްގައި ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ ވިދާޅުވީ މިއީ ތުއްތު ކުދިން ބޮޑުވެގެން އަންނަ އިރު ނަމާދުގެ ހުރިހާ ކަންކަން ދަސްކޮށްދިނުމުގެ ގޮތުން ބާއްވާ ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

undefined

މޭޔަރ ސައުދު ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ޒުވާން ޚާތިބުން ތައްޔާރުކުރުމާއި އިމާމްވެ ނަމާދުކުރާނެ މުދިމުން ތައްޔާރު ކުރުމަށް އިސްކަންދޭ ކަމަށެވެ. މި ޕްރޮގްރާމަކީ ތިނަދޫ ސިޓީގައި ކުރިޔަށްގެންދާ ޕްރޮގްރާމެއް ނަމަވެސް ހުރިހާ ކުދިންނަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ.

ސައުދު ވިދާޅުވީ މިޕްރޮގްރާމުގެ ސަބަބުން ބެލެނިވެރިންނަށް ވެސް ލިބިގެންދާ ހިންހަމަޖެހުމަކަށް ވެގެންދާނެ ކަމަށާއި، ޅައުމުރުގައި އެ ކުދިންނަށް ނަމާދުގެ ޒިކުރުތައް ދަސްކޮށްދިނުމުގެ ސަބަބުން ބެލެނިވެރިންނަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމަކީ ދެހަފްތާ ދުވަހަށް ކުރިޔަށްދާ ޕްރޮގްރާމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk