ޑޮލަރު ކާޑުން މުއާމަލާތް ކޮށްގެން 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!

އާމިނަތު ޝަޒްލާ - 14 ޖޫން 2026 - 08:13
ޑޮލަރު ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި
ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފައިވާއިރު، މި ޕްރޮމޯޝަން 30 ޖުލައިގެ ނިޔަލަށް ( ހަތް ހަފްތާއަށް ) ކުރިއަށް ދާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރަންޖެހެއެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހެއެވެ.
މި ގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

މުލީ ހޮސްޕިޓަލު އިމާރާތުގެ ފައުޑޭޝަން މަސައްކަތްތައް ފެށިގެން ކުރިޔަށް!
2 ގަޑިއިރު ކުރިން

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ
2 ގަޑިއިރު ކުރިން

ހުއްދަނެތި ޕޮލިސް ސްޓޭޝަނެއްގެ ގަރާޖަށް ވަތް މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އެ ޕާޓީން އިއުލާންކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)