logo

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ

profile

އާމިނަތު ޝަޒްލާ - 14 ޖޫން 2026 - 07:44

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އިންތިޒާމުކުރާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

https://wamco.com.mv/

ކުރިއަށް އޮތް ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މާލެ ސަރަހައްދުން މި މުބާރާތުގައި ބައިވެރިވެވޭނީ ފޯމު ހުށަހަޅާ ތަރުތީބުން، ޝަރުތު ހަމަވާ ފުރަތަމަ 20 ޓީމަށެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ވުޒާރާއިން އެދިވަޑައިގަންނަވައެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3339225 ނުވަތަ 3339272 ނަންބަރު ފޯނާ ގުޅުއްވުމަށްވެސް އެ މިނިސްޓްރީން އިރުޝާދު ދެއްވައެވެ.

މިއަހަރުގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ރީއިމޭޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އެވެ. މިއީ ކަނޑުތަކާ މެދު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސް، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކަނޑައަޅާފައިވާ ޝިއާރެކެވެ. ރާއްޖޭގެ ޖުމްލަ ސަރަހައްދުގެ %99 ކަނޑުގެ މައްޗަށް އެކުލެވިގެންވާއިރު، މިފަދަ ހަރަކާތްތަކުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ރާއްޖޭގައި ސަރުކާރުގެ ފަރާތުން ތަފާތު ތަޢުލީމީ އަދި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އަންނަނީ ރާވައި ހިންގަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk